Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 ގެ ބައިނަލްއަޤްވާމީ މޮނިޓަރުންނާއި ގުޅޭ

18 ޖުލައި 2018, 12:00 ނޫސް ބަޔާން

ރިޔާސީ އިންތިޚާބު 2018 ގެ ބައިނަލްއަޤްވާމީ މޮނިޓަރުން

މިއަހަރުގެ ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2018  މޮނިޓަރކުރުމަށް ބައިނަލްއަޤްވާމީ މޮނިޓަރުންނަށްވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އެކި ފަރާތްތަކުން އަންނަނީ އެޕްލިކޭޝަން ހުށަހަޅަމުންނެވެ. އެގޮތުން 14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ15:00  އާއި ހަމައަށް ހުޅުވާލާފައިވާ ފުރުސަތުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އިންތިޚާބު މޮނިޓަރކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބު މޮނިޓަރކުރުމުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި މިކޮމިޝަނުން ހުއްދަ ދޫކުރާ ފަރާތްތަކަށް ވުމާއެކު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށައެޅުމަށް މިކޮމިޝަނުން އެދެމެވެ. އަދި ދަންނަވަމެވެ. ކޮމިޝަނަށް ހުށަހަޅައިގެން ބައިނަލްއަޤްވާމީ މޮނިޓަރުކަމުގެ ހުއްދަ ދޫކުރާ ފަރާތްތައް ފިޔަވައި އެހެނިހެން ގޮތްގޮތަށް ރާއްޖެ އަންނަ ފަރާތްތަށް އިންތިޚާބުގައި މޮނިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ މަނާކަމެއްކަމުގައިވެސް ދަންނަވަމެވެ.

17 ޖުލައި 2018

4 ދުލްޤައިދާ 1439