Election Commission of Maldives


ނޫސް ބަޔާން 2/2017

19 ޖުލައި 2017, 12:00 ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމުން

ސުޕްރީމް ކޯޓުގެ ނަންބަރު: 2017/SC-C/17 ޤަޟިއްޔާގެ ޙުކުމްގައި އެޤަޟިއްޔާގެ ޙުކުމް ކުރެވުނު ތާރީޚް (13 ޖުލައި 2017) އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މި ތިން ޙާލަތުން ކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅުއްވާފައިވާތީ، ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ކ.މާލެ، މއ.އައިވަރީހައުސް، އަލްއުސްތާޛު މުޙައްމަދު ވަޙީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ގއ.ވިލިނގިލި، އަޅިވިލާގެ، އަލްފާޟިލް ސަޢުދު ޙުސައިން އާއި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ހއ.ދިއްދޫ، ފުނަމާގެ، އަލްފާޟިލް ޢަބްދުއްލަތީފް މުޙައްމަދު އާއި މަޑުއްވަރި ދާއިރާގެ ޢިއްޒަތްތެރި މެންބަރ، ގދ.ގައްދޫ، ރޯސްމާގެ، އަލްފާޟިލް މުޙައްމަދު އަމީތު އަޙްމަދުމަނިކު ގެ ނަން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން ވަކިކޮށްދެއްވުމަށް އެދި 18 ޖުލައި 2017ވީ އަންގާރަ ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާތީ، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން މިހަތަރު މެންބަރުންގެ ނަން އުނިކުރެވިފައިވާކަން 18 ޖުލައި 2017ވީ އަންގާރަ ދުވަހު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ނަންބަރު: 2017/SC-C/17 ޤަޟިއްޔާއަށް ރިއާޔަތްކޮށް މިހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށާއި، ޤާނޫނު އަސާސީގެ 78 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން އެ ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި ބާއްވަންޖެހޭ ބައި-އިލެކްޝަން ބޭއްވުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ.

  25 ޝައްވާލް 1438

    19 ޖުލައި  2017