Election Commission of Maldives

ނޫސްބަޔާން 5

04 ޖޫން 2015, 12:00 ނޫސް ބަޔާން

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށް ނެރޭ ނޫސްބަޔާން

 

މިހިނގާ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ އެއްވެސް އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި، ތާޢީދު ހޯދުމަށް ހިންގޭ ޙަރަކާތްތައްވެސް ޤާނޫނީ އިމުގެ ތެރޭގައި ހިންގުމަށް، އެމަސައްކަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް މިކޮމިޝަނުން ގޮވާލަމެވެ. އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި "އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި އެހެން ކެންޑީޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މަޢުލޫމާތެއް ބޭނުންކޮށްގެން ނުވާނެއެވެ." މިކޮތަށް ބަޔާން ކޮށްފައިވެއެވެ. އަދި މިމާއްދާގެ (ނ) ގައި އިސްވެ ދެންނެވުނު ފަދަ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ، އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށައައަޅާ އެކަމެއް ހުއްޓުވައި ދިނުމަށް އެދުމުގެ ޙައްޤު ކެންޑިޑޭޓުންނަށް ލިބިދީފައިވެއެވެ. ވުމާއެކު ތާޢީދު ހޯދުމަށް ރާވައި ހިންގާ އެންމެހާ ހަރަކާތްތައް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 28 ވަނަ މާއްދާއާއި އެޤާނޫނުގެ 29 ވަނަ މާއްދާއާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ކުރިޔަށް ގެންދިއުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.