ނަންބަރު:53/NR)BA-2017)
އަތޮޅުތަކުގައި ބާއްވާ ސިވިކް ޓްރެއިނިންގ ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދޭ.
2017 އޮކްޓޫބަރު 30 އިން ފެށިގެން 2017 ނޮވެންބަރު 06 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިވިކް ޓްރެއިނިންގެ ޕްރޮގްރާމްތަށް ކުރިއަށް ދާނީ 4 އަތޮޅެއްގައެވެ. މި އަތޮޅުތަކަކީ ވ.އަތޮޅު، މ.އަތޮޅު، ނ.އަތޮޅު އަދި ޅ.އަތޮޅެވެ.
މި އަތޮޅުތަކުގައި ސިވިކް ޓްރެއިނިންގ ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މި ކޮމިޝަނުގެ ރައީސް އާއި ނާއިބް ރައީސް، އަދި 2 މެންބަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލްވެސް އަތޮޅުތެރޭގައި ހަރަކާތްތެރިވާނެއެވެ. އެގޮތުން ކޮމިޝަނުގެ ރައީސް އަހްމަދު ސުލައިމާން އަދި ކޮމިޝަނުގެ މެންބަރު މުހައްމަދު ޝަކީލް މ.އަތޮޅުގައި، ކޮމިޝަނުގެ ނާއިބް ރައީސް އަމްޖަދު މުސްތަފާ ވ.އަތޮޅުގައި، ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ނ.އަތޮޅުގައި، އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ ޅ.އަތޮޅުގައި ހަރަކާތްތެރިވަމުން ދާނެއެވެ.
ސިވިކް ޓްރެއިނިންގ ޕްރޮގްރާމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުން ޑިމޮކްރަސީ އާއި އިންތިޚާބުތަކަށް އަހުލުވެރިކުރުވައި، އިންތިޚާބުތަކާއި ގުޅިގެން ރައްޔިތުންނަށް ލިބިފައިވާ ހައްގުތަށް ދެނެގަތުމަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން ވޯޓު ލުމުގެ މުހިއްމު ކަމާއި، ވޯޓާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.
2017 އޮކްޓޫބަރު 30 ގައި މ.އަތޮޅުގައި މި ޕްރޮގްރާމް ފަށާފައިވާއިރު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ 4 އަތޮޅުގެ ކޮންމެ ރަށެއްގައި މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.
01 ނޮވެންބަރު 2017