ނަންބަރު:42/NR)BA-2017)
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުމު ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ ފުރުޞަތު މިރޭ
2017 މެއި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިޢުލާނު ކޮށްފައިވާ ށ. ކޮމަންޑޫ އަދި ތ. މަޑިފުށި ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު މިރޭ (17 މެއި 2017) ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި، މިރޭ 08:00 އިން 10:00 އަށް ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު، ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހެއެވެ.
ސިޔާސީ ޕާޓީއަކުން ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެޕާޓީއަކުން އައްޔަންކުރައްވާ ފަރާތް ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ހުށައަޅަންޖެހޭއިރު، ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ގެންނަން ޖެހިވަޑައިގަންނަވާނެއެވެ.
ށ.ކޮމަންޑޫ ކައުންސިލްގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގައި 2 ކެންޑިޑޭޓުން ވާދަކުރާއިރު ތ.މަޑިފުށީ ކައުންސިލްގެ އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާނީ 4 ކެންޑިޑޭޓުންނެވެ.
17 މެއި 2017