Election Commission of Maldives


އަތޮޅު އަދި ސިޓީ ކޮމްޕްލައިންޓްސް ބިއުރޯތަށް ޤާއިމުކޮށްފި

27 އޭޕްރީލް 2017, 12:00 ޚަބަރު

ނަންބަރު:36/NR)BA-2017)

އަތޮޅު އަދި ސިޓީ ކޮމްޕްލައިންޓްސް ބިއުރޯތަށް ޤާއިމުކޮށްފި.

       2017 މެއި 06 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަށް 2017 އެޕްރީލް 26 ވީ ބުދަ ދުވަހު ޤާއިމުކޮށްފިއެވެ.

       ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާއި ގުޅިގެން އަތޮޅު އަދި ސިޓީ ކޮމްޕެއިންޓްސް ބިއުރޯތަކުން ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2017 މެއި 13 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށް، ހުކުރު ދުވަސް ދުވަހު މެންދުރުފަހު 02:30 އިން ހަވީރު 05:30 އަށް އަދި ހޮނިހިރު ދުވަސް ދުވަހު ހެނދުނު 10:00 އިން ހަވީރު 03:00 އަށެވެ. މީގެ އިތުރުން ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2017 މެއި 06 ވާ ހޮނިހިރު ދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

      "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކުންނާއި، ރަށު/އަތޮޅު/ސިޓީ/އަވަށު ކައުންސިލް އިދާރާތަކުންނާއި، އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv  އިން ޝަކުވާ ހުށަހަޅާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

     ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅޭ ޝަކުވާތަށް އަތޮޅުތަކުންނާއި ސީޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކުން ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިގެން ދިޔައިރު، މާލޭގައިނަމަ އިންތިޚާބާއި ގުޅިގެން ހުށަހެޅޭ ޝަކުވާތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާގައި ޤާއުމުކުރެވިފައިވާ ޤައުމީ ކޮމްޕެއިންޓްސް ބިއުރޯއިންނެވެ.