ނަންބަރު:34/NR)BA-2017)
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފި
2017 މެއި 06 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދުން (2017 އެޕްރީލް 23) އިން ފެށިގެން 2017 މެއި 01 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ތެރޭގައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން 2 ޓްރެއިނަރުން މި މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދާނެއެވެ.
އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މި ކޮމިޝަނުގެ ދެ މެންބަރުންނާއި ނާއިބު ރައީސްވެސް އަތޮޅުތެރޭގައި ހަރަކާތްތެރިވާނެއެވެ. އެގޮތުން ކޮމިޝަނުގެ މެންބަރ އަޙްމަދު އަކްރަމް އައްޑޫ ސިޓީގައި، ކޮމިޝަނުގެ މެންބަރ އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ގދ.އަތޮޅުގައި އަދި ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްޠަފާ ހދ.އަތޮޅުގައި ހަރަކާތްތެރިވަމުން ދާނެއެވެ.
2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 1497 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 255987 މީހުންނަށް ލިބިފައިވެއެވެ. ހަމައެއާއިއެކު މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
23 އެޕްރީލް 2017