Election Commission of Maldives


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށްފަހު އިއުލާންކުރުން

12th މާޗް 2017, 12:00 ޚަބަރު

ނަންބަރު:21 /NR)BA-2017)

  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށްފަހު އިއުލާންކުރުން

ޤާނޫނު ނަންބަރު:2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު:2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 15 އެޕްރީލް 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތަށް ތަރުތީބުކުރުމަށްފަހު އާންމުކޮށް އިއުލާންކޮށްފިއެވެ.  

މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1499 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރެއިން 363 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.