ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ފެށިގެން ކުރިއަށްދަނީ
15 އެޕްރީލް 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ވަނީ މިއަދު ހެނދުނު 10:00 ގައި ފަށާފައެވެ. މިގޮތުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ކުރިއަށްދަނީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައެވެ. އަދި އަތޮޅު، ސިޓީ ނުވަތަ އެހެނިހެން ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުމާއި ނަން ތަރުތީބުކުރުން ކުރިއަށްދަނީ އެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާއެއްގެ ކައުންސިލް އިދާރާއެއްގައެވެ.
09 މާރިޗު 2017