Election Commission of Maldives


ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މާރިޗު 9 ވަނަ ދުވަހަށް ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

05 މާޗް 2017, 12:00 ޚަބަރު

ނަންބަރު:18/NR)BA-2017)

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މާރިޗު 9 ވަނަ ދުވަހަށް ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

 

   ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން 2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހަށް ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

   ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް މިހާރު ހަމަޖެހިފައިވަނީ 2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ.

   މާލެ ސިޓީ ފިޔަވާ އެހެން ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާއެއްގެ ކައުންސިލް އިދާރާއެއްގައި އަދި މާލެ ސިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައެވެ.