Election Commission of Maldives


އިންތިޚާބީ އިދާރާތަކުގެ 7 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

05 މާޗް 2017, 12:00 ޚަބަރު

ނަންބަރު:17/NR)BA-2017)

އިންތިޚާބީ އިދާރާތަކުގެ 7 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ


އިންޓަރނޭޝަނަލް ސެންޓަރ ފޯ ޕާލިމަންޓަރީ ސްޓަޑީސް (އައި.ސީ.ޕީ.އެސް) އަދި އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯރ އެލެކްޓްރޯލް ސިސްޓަމްސް (އައި.އެފް.އީ.އެސް) އާއި ގުޅިގެން ޖޯޖިއާގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަން (ސީ.އީ.ސީ) އިން އިންތިޒާމުކޮށްގެން 2017 ފެބުރުވަރީ 27 އިން 28 އަށް ޖޯޖިއާގެ ބޮރްޖޮމީގައި ކުރިއަށްދިޔަ އިންތިޚާބީ އިދާރާތަކުގެ 7 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާން އަދި އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ޔުޝްފާ ޝާކިރުއެވެ.

މިކޮންފަރެންސްގައި އެކި ޤައުމުތަކުގެ އިންތިޚާބު ރާވާ ހިންގުމުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމުން ލިބިދޭ ފަސޭހަ އަދި ކުރިއެރުމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެއިތުރުން ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި އިންތިޚާބީ ނިޒާމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންތައްތަށް ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކަށް މަޝްވަރާކޮށްފައިވެއެވެ. 

ހަމައެއާއެކު،އިންތިޚާބާއި ގުޅުންހުރި ހުރިހާ ދާއިރާތަކަކާއިއެކު ގުޅުން ބަދަހިކޮށް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާމެދުވެސް މިކޮންފަރެންސްގައި ވާހަކަ ދައްކަވާފައެވެ.

މި ކޮންފެރެންސްގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަންދޫބުންގެ އިތުރުން 91 މަންދޫބުން ވަނީ ބައިވެރިވެފައެވެ.