2017 އޭޕްރީލް 08 ގައި ބޭއްވުމަށް އިޢުލާނުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އޭޕްރީލް 15 އަށް ފަސްކޮށްފި
މި ކޮމިޝަނުގެ ނަންބަރު (A)CA-2017/5 (8 ޖަނަވަރީ 2017) އިޢުލާނުން 2017 އެޕްރީލް 08 ވަނަ ދުވަހު ބޭއްވުމަށް އިޢުލާނުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އެޕްރީލް 15 އަށް ފަސްކޮށްފައިވަނީ، އިންތިޚާބީ މަރުކަޒުތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ގިނަ ތަންތަން އެތާރީޚުގައި ލިބެން ނެތުމުންނެވެ.
އިންތިޚާބުގެ ތާރީޚަށް ގެނެވުނު ބަދަލާއި ގުޅިގެން 2017 އެޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ ހުރިހާ ދިވެހި ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންދާއިރު، ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު އަލުން އެކުލަވާލާ ޢާންމު ކުރެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމާއި ގުޅިގެން އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު 2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ 15:00 އަށް ވަނީ އިތުރުކުރެވިފައެވެ.
01 ފެބުރުވަރީ 2017