Election Commission of Maldives


އިންޑިއާގެ 7 ވަނަ "ނޭޝަނަލް ވޯޓާރސް ޑޭ" ފާހަގަ ކުރުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

26 ޖެނުއަރީ 2017, 12:00 ޚަބަރު

 

އިންޑިއާގެ 7 ވަނަ "ނޭޝަނަލް ވޯޓާރސް ޑޭ" ފާހަގަ ކުރުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަން އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި، 2017 ޖަނަވަރީ 24 އިން ޖަނަވަރީ 26 އަށް ކުރިއަށްދާ '7 ވަނަ ނޭޝަނަލް ވޯޓާރސް ޑޭ' ފާހަގަކުރުމުގެ ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އަހުމަދު ސުލައިމާނުގެ އިތުރުން އޮފިސަރ ފާތިމަތު ޝަބާ ބާޤިރުއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ހާއްޞަ ޕެރޭޑަކާއި 'ސްޓްރެޓެޖީސް ފޮރ އެމްޕަވަރިންގ ޔަންގް އެންޑް ފިއުޗަރ ވޯޓަރސް' ޝިއާރުގެ ދަށުން ސެމިނާއެއް ވަނީ ބާއްވާފައެވެ.  މީގެ އިތުރުން ދުވަހާއި ގުޅުވައިގެން ވަނީ ހާއްޞަ އީ މެގަޒިން އެއް އިފްތިތާހު ކޮށްފައެވެ.

މި ޕްރޮގްރާމުގައި ސާރކްގެ 6 ޤައުމާއި އޮސްޓްރޭލިއާ، ބޮސްނިއާ، ޖޯރޑަން، ފިޖީ އަދި ޓިއުނޭސިއާ ޢާއި އެކު ޖުމްލަ 11 ޤައުމެއްގެ އިލެކްޝަން ކޮމިޝަންތަކުން ބައިވެރިވެއެވެ. މީގެ އިތުރުން އައި.އެފް.އީ.އެސް، އޭވެބް، އިންޓަނޭޝަނަލް އައި.ޑީ.އީ.އޭ، އައި.ސީ.ޕީ.އެސް އަދި މެލޭސިޔާ ކޮމަންވެލްތް ސްޓްޑީސް ސެންޓަރ ފަދަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.