Election Commission of Maldives


ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަނީ

18 ޖެނުއަރީ 2017, 12:00 ޚަބަރު

ނަންބަރު:04/NR)BA-2017)

ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަނީ
 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ހުކުރު ދުވަހު ހާއްސަ ޙަރަކާތެއް ބާއްވާނެއެވެ.

ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 2017 ޖަނަވަރީ 15 އިން ފެށިގެން 2017 ޖަނަވަރީ 23 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް 2017 ޖަނަވަރީ 20 ވާ ހުކުރު ދުވަހު އާރޓިފިސަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. މި ޙަރަކާތުގެ ތެރެއިން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓްގައި އެމީހެއްގެ ނަން އޮތްތޯ ޗެކްކޮށް ދިނުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އާންމުން ހޭލުންތެރި ކުރުމުގެ މަޢުލޫމާތު ދިނުމާއި ކުޑަކުދިންނަށް ހާއްސަ އެތަށް ޙަރަކާތްތަކަކާއި އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޙަރަކާތުގެ ތެރެއިން ރައްޔިތުން ހޭލުންތެރި ކުރުމަށް ތަފާތު ކަންތަށްތަކެއް ރޭވިފައިވާއިރު، މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެލެއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެކެވެ.

18 ޖަނަވަރީ 2017