ނަންބަރު:01/NR)BA-2017)
އިންތިޚާބުގެ ތާރީޚް އިޢުލާނު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައި ޤައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކޮށްފި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ތާރީޚް އިޢުލާނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައި ޤައުމީ ލަފާދޭ ކޮމިޓީގައި މިއަދު މަޝްވަރާ ކޮށްފިއެވެ.
މިއަދު ހެނދުނު 10:00 ގައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިންތިޚާބުގެ ތާރީޚް އިޢުލާނުކޮށް، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރުން އިންތިޚާބު އެންމެ އަވަހަށް ބޭއްވޭނެ ތާރީޚާއި ގުޅޭގޮތުންވެސް ޤައުމީ ލަފާދޭ ކޮމިޓީގެ ބައިވެރިންނާއި އެކު މަޝްވަރާކުރެވުނެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުންދަނީ ފެށޭ ހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނެ ތާރީޚް އިޢުލާނު ކުރުމަށެވެ.