Election Commission of Maldives


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

24 ނޮވެމްބަރު 2016, 12:00 ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

    ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

   އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވަނީ، 2017 ޖެނުއަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާރވް ކުރައްވަން އަދި މޮނިޓަރ ކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެމްބަރ 06 ވަނަ ދުވަހުގެ 16:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށެވެ. 

   އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ http://forms.elections.gov.mv  މެދުވެރިކޮށް އޮންލައިންކޮށެވެ.  މޮނިޓަރުންނަށް ވުމަށް އެދި އޮންލައިންކޮށް ފޯމް ހުށަހެޅި ފަރާތްތަކަކީ، ނޫސް މަޖައްލާ ނުވަތަ އޭޖެންސީގެ ފަރާތުން މޮނިޓަރ ކުރުމަށް ހުށަހަޅާ ފަރާތެއްކަން ބަޔާންކޮށް، ސިޓީއާއި އެކު ނޫސް މަޖައްލާ ނުވަތަ އޭޖެންސީން ލިސްޓު (އައިޑީކާޑު ނަންބަރު، ފުރިހަމަ ނަން، ދާއިމީއެޑްރެސް ރަށާ އެކު) ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅާ ސިޓީއަކީ އެ ތަނެއްގެ ލެޓަރހެޑްގައި، އެތަނެއްގެ ތައްގަނޑު ޖެހި ސިޓީ އަކަށް ވާންވާނެއެވެ. މީގެ އިތުރުން ސިޓީއާއި އެކު އެ ލިސްޓުގެ ސޮފްޓު ކޮޕީXLSX) ފޯމެޓްގައި(  ހިމެނޭ ސީޑީއެއް،  މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީނު) ގެ ރިސެޕްޝަނަށް،  އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށް އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ އެ ސިޓީ އެއްގެ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށް ހުށަހަޅަންވާނެއެވެ.

   މޮނިޓަރުންނާއި އޮބްޒާރވަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކުރި ނަމަވެސް، ފަހު ވަގުތަށް މަޑު ނުކުރައްވާ ވީހާވެސް އަވަހަކަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރަމެވެ.

 

24 ނޮވެމްބަރ 2016