ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރުނު ވަގުތީ އަމުރާއި ގުޅިގެން، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ސިވިލް ކޯޓުގެ މި އަމުރާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ކުރިން ކަނޑައަޅާފައިވާ 21 ނޮވެމްބަރ 2016 ވަނަ ދުވަހަށް ފަހުވެސް މެދުކެނޑުމެއް ނެތި ރީ-ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އަދި ރީ-ރަޖިސްޓަރީ ކުރުން ނިންމާލާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ފަހުން އިޢުލާނު ކުރުމަށްވެސް ވަނީ ނިންމާފައެވެ.
20 ނޮވެންބަރ 2016