Election Commission of Maldives


އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކާއި ބައްދަލު ކުރައްވައިފި

03 އޭޕްރީލް 2016, 10:00 ޚަބަރު

ލޯކަލް ކައުލްސިލްތަކުގެ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މީޑިއާތަކާއިއެކު ބައްދަލުވުމެއް އިލެކްޝަންގެ ކޮމިޝަންގައި މިއަދު ބާއްވައިފިއެވެ. މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދުރާލާ ކުރަމުންދާ މަސައްކަތުގެ ތެރޭގައ،ި މީޑިއާއާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކޮށް ، މީޑިއާގެ މަސައްކަތްތަކަށް ލުއިފަސޭހަ ކުރުމަށް ކުރެވިދާނޭ ކަންކަން ދެނެގަތުމެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންކަމުގެ ތެރޭގައި:

  • މޮނީޓަރުންގެ ގޮތުގައި މީޑިޔާތަކަށް އިންތިހާބު ކަވަރުކުރަމަށް ދޫކުރާ ފާސް ދޫކުރުމުގައި މިހާރަށްވުރެ ފަސޭހަަ، އަދި ލުއި ކުރުމަށް ކުރެވިދާނޭ ކަންކަން ދެނެގަތުން
  • އިންތިހާބުގެ މަޢުލޫމާތު ފޯރުކޮށް ދިނުމުގައާއި، މީޑިޔާ ކަވަރޭޖް ހެދުމަށް ބޭނުންވާ މަޢުލޫމާތު ވަކި މީޑިއާއެއް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދިނުމުގައާއި، ފަސޭހަކަމާއެކު އިންތިޚާބު އޮންނަ ދުވަހު މަޢުލޫމާތު ފޯރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުން
  •  އިންތިޚާބަށް މީހުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހަމަހަމަކަމާއެކު ފޯރުކޮށްދީ، އެއަރޓައިމް ނެގުމުގައި ޕްރައިވެޓް މީޑިއާތަކަށްވެސް ފުރުސަތު ދިނުމުގައި އިސްކަންދިނުން

މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ ސަން މީޑިޔާ ، ޕީއެސްއެމް، ވަގުތު އޮންލައިން، ވީ މީޑިޔާ، ޗެނަލް 13 ، އަދި އަވަސް އޮންލައިންއެވެެ. މިހުރިހާ ފަރާތަކުންވެސް ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ވަރަށް ފުރިހަމައަށް އެއްބާރުލުންދީ އެފަރާތްތަކުގެ ހިޔާލުތައް ހުށަހެޅުއްވިއެވެ.