Election Commission of Maldives


"ގުލޯބަލް އެގްޒިބިޝަން އޮން ވޯޓަރ އެޑިއުކޭޝަން އެންޑް ޔޫސް އޮފް ޓެކްނޮލޮޖީ އިން އިލެކްޝަންސް" ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވަމުން އެބަގެންދަވާ

17 ޖެނުއަރީ 2016, 12:00 ޚަބަރު
ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން މިމަހުގެ 14 އިން 17 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ

ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން މިމަހުގެ 14 އިން 17 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ " ގުލޯބަލް އެގްޒިބިޝަން އޮން ވޯޓަރ އެޑިއުކޭޝަން އެންޑް ޔޫސް އޮފް ޓެކްނޮލޮޖީ އިން އިލެކްޝަންސް" ގައި ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ ވަފުދެއް ބައިވެރިވެ ދިވެހިރާއްޖެ ތަމްސީލުކުރައްވަމުން އެބަގެންދަވައެވެ. މި އެގްޒިބިޝަން ގައި ދިވެހިރާއްޖެ ތަމްޞީލް ކުރެއްވުމަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްޠަފާ، ކޮމިޝަން މެންބަރު އަޙްމަދު އަކްރަމްގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ ރަހުލާ ސުޙައިލްއެވެ.

މިއެގްޒިބިޝަނުގެ މައިގަނޑު ބޭނުމަކީ އިންތިޙާބުތަކުގެ މަޢުލޫމާތު ފަތުރައި ޢާއްމުން ހޭލުތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެސްޓް ޕްރެކްޓިސް ތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންތިޙާބުތަކުގެ ކަންކަން ލުއިފަސޭހަ ކުރުމަށް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރު ދައކުވައިދިނުމެވެ. މި އެގެޒިބިޝަންގައި އަވައްޓެރި 10 ޤައުމަކުން ބައިވެރިވެރިވަމުންދާއިރު، އޭގެ ތެރޭގައި އޭޝިއާ ބައްރުގެ ޤައުމުތަކުގެ އިތުރުން އޮސްޓްރޭލިއާވެސް ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ ޑިމޮކްރަސީއަށް މަސައްކަތްކުރާ އެކި ފަރާތްތަކުން މި އެގްޒިބިޝަންގައި ތަމްސީލުކުރަމުންގެންދެއެވެ.

މިއެގްޒިބިޝަން މިއަދު ނިމޭއިރު، ދިވެހިރާއްޖޭގެ ސްޓޯލަށް ވަރަށްގިނަ އަދަދެއްގެ ފަރާތްތަކުން ޒިޔާރަތްކޮށް ސްޓޯލްގެ ފުރިހަމަކަމާއި ފޯރުކޮށްދޭ މަޢުލޫމާތުގެ ފުރިހަމަކަން ފާހަގަކޮށް ތަޢުރީފުކުރަމުންދާކަން މެންބަރު އަޙްމަދު އަކްރަމް ފާހަގަކުރައްވައެވެ. އަދި އެގްޒިބިޝަނުން އިންތިޚާބުގެ ކަންކަން އިތުރަށް ރަނގަޅުކުރުމަށާއި، އިންތިޚާބުގެ ކަންކަންކަން މިހާރަށްވުރެ ލުއިފަސޭހަކުރުމަށް ބޭނުންކުރެވޭނެ ގިނަ ކަންކަން ދަސްވެފައިވާކަމަށް މެންބަރު އަޙްމަދު އަކްރަމް ވިދާޅުވެފައިވެއެވެ.