Election Commission of Maldives


ޑިމޮކްރަސީއާއި އިންތިޚާބާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ފަށައިފި

22 ނޮވެމްބަރު 2015, 02:00 ޚަބަރު

ޑިމޮކްރަސީއާއި އިންތިޚާބުތަކާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ވަނީ ރ އަތޮޅަށް 20 ނޮވެމްބަރު 2015 ވީ ދުވަހު ފުރާވަޑައިގަނެފައެވެ. ރ އަތޮޅުގެ ދެރަށް ކަމުގައިވާ ރ.މަޑުއްވަރި އަދި ރ.މީދޫގައި މި ޕްރޮގްރާމް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

       ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމްގެ މަޤްސަދަކީ ޑިމޮކްރަސީއާއި އިންތިޚާބުތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނާއި، ސްކޫލްތަކުގެ މަތީ އުމުރުފުރާތަކުގެ ދަރިވަރުން އަދި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރި ކުރުމެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިމޮކްރަސީއާއި އިންތިޚާބުތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުންދަނީ މަސައްކަތް ކުރައްވަމުންނެވެ.

       ރ އަތޮޅަށް ކުރާ މި ދަތުރުގައި އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޢަލީއެވެ. މި ދަތުރުގައި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ސެޝަންތައް ނަގައިދިނުމުގައި ހަރަކާތްތެރިވަނީ ސީނިއަރ އެޑްމިން އޮފިސަރ ޝަހުލާ އިސްމާއިލް، ސީނިއަރ އެޑްމިން އޮފިސަރ އައިމިނަތު ޝަމްރާ އަދި އެޑްމިން އޮފިސަރ އައިޝަތު ޔުމްނާ ރަޝީދެވެ.