Election Commission of Maldives


27 ނޮވެންބަރުގައި އެމް.ޑީ.ޕީ އިން ބާއްވަން އިޢުލާން ކޮށްފައިވާ މުޒާހަރާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެޗް.އާރު.ސީ.އެމް ބައްދަލުކުރައްވައިފި

18 ނޮވެމްބަރު 2015, 01:00 ޚަބަރު

27 ނޮވެންބަރުގައި އެމް.ޑީ.ޕީ އިން ބާއްވަން އިޢުލާން ކޮށްފައިވާ މުޒާހަރާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހިއުމަން ރައިޓްސް ކޮމިޝަން ބައްދަލްކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާގައެވެ.

        މިއަދު 10:00 ގައި ބޭއްވުނު މި ބައްދަލުވުމުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ސިޔާސީ އެއްވުންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ބާރުއާޅާވާހަކަ ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ހަރަކާތްތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންވެސް އެއްބާރުލުން ލިބިގެންދާނެކަމަށް މި ބައްދަލުވުމުގައި އެފަރާތުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ސިޔާސީ ޕާޓީތަކުން ކުރާ ކަންތައްތަކާމެދު އެފަރާތްތަކަށް ނަސޭހަތްތެރިވެ ފިޔަވަޅުއަޅަމުން ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

         މީގެ އިތުރުން ހިއުމަން ރައިޓްްސް ކޮމިޝަނުން މިފަދަ ސިޔާސީ ހަރަކާތްތައް ވަރަށް ގާތުން ބައްލަވާނެކަމާއި އެ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާ ކުރައްވާނެ ވާހަކަ ދެންނެވިއެވެ. އަދި މި މުޒާހަރާއާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އިލެކްޝްންސް ކޮމިޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން ހިމެނޭގޮތައް އެމް.ޑީ.ޕީ އާ ބައްދަލުކުރެއްވުމަށް، މި ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.