Election Commission of Maldives


ޑިމޮކްރެސީ ވީކްގެ މީޑީއާ ކަވަރޭޖް ހެދުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ 8 މީޑިއަކާ އެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

07 ސެޕްޓެމްބަރު 2015, 12:00 ޚަބަރު

އޮކްޓޯބަރ މަހުގެ 4 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޑިމޮކްރެސީ ވީކް 2015ގެ ހަރަކާތަކުގެ ކަވަރޭޖް ހެދުމާއި ގުޅޭގޮތުން ޚަބަރު ފަތުރާ 8 މީޑިއާ އާއި އެކު މިއަދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފިއެވެ.

ޕީ.އެސް.އެމްގައި މިއަދު ހެނދުނު ބޭއްވުނު މިހަފްލާގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް، އަޙްމަދު ސުލައިމާން އަދި ކޮމިޝަން މެންބަރު އަޙްމަދު އަކްރަމްއެވެ. ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް، ހަވީރު ނޫހުގެ ފަރާތުން އެޑިޓަރ މޫސާ ލަތީފް، ވީމީޑިއާގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އަޙްމަދު އުމަރު، ޗެނަލް 13ގެ ފަރާތުން ކޯޑިނޭޓަރ މުހައްމަދު ނިޔާޒް، ސީ.އެން.އެމްގެ ފަރާތުން ޗީފް ޓެކްނޮލޮޖީ އެގްޒެކެޓިވް އަޙްމަދު ފަޟީލް، ސަންގުޓީވީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ވަހީދު، އަދި ވާނުވާ އޮންލައިންގެ ފަރާތުން ޗީފް އޮޕަރޭޓިންގ އޮފިސަރ ޞާދިރު ޢަލީ ދީދީ އެވެ.

މިއަހަރުގެ ޑިމޮކްރެސީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން 7 އޮކްޓޯބަރ އިން 10 އޮކްޓޯބަރގެ ހަތަކާތްތަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީގައެވެ.