Election Commission of Maldives


އޭ-ވެބްގެ 2ވަނަ ޖެނަރަލް އެސެންބްލީގައި ބައިވެރިވުމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ޑޮމިނިކަން ރިޕަބްލިކްއަށް ފުރާވަޑައިގެންފި

18 އޮގަސްޓް 2015, 12:00 ޚަބަރު

އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް)ގެ 2ވަނަ ޖެނަރަލް އެސެންބްލީގައި ބައިވެރިވުމަށް އިލެކްޝަންސް ކޮމިޝަންގެ ވަފުދެއް ޑޮމިނިކަން ރިޕަބްލިކްއަށް ފުރައިވަޑައިގެންފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ މިވަފުތުގައި ހިމެނިވަޑައިގަތީ ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްޠަފާއާއި ޑިރެކްޓަރ މަރްޔަމް ޒީނިޔާއެވެ.

ދުނިޔޭގެ 94 ޤައުމެއްގެ އިންތިޚާބާއިބެހޭ 97 ފަރާތަކުން ބައިވެރިވާ އޭ-ވެބްގެ 2 ވަނަ ޖެނަރަލް އެސެންބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އިން 21 އަށް ޑޮމިނިކަން ރިޕަބްލިކްގެ ސެންޓޯ ޑޮމިންގޯ އަދި ޕުންޓަ ކަނާ ގައެވެ. މިފަހަރުގެ އެސެންބްލީގެ ތީމަކީ “Role and Challenges of the Electoral Bodies To Guarantee the Integrity of Elections”, އެވެ.

ފޮޓޯ: އިލެކްޝަންސް ކޮމިޝަނުގެ ނާޢިބު ރައީސް އޭ-ބެވްގެ ރައީސް ލީ އިން-ބޮކް އާޢި އެކު