Election Commission of Maldives


ސްރީލަންކާގެ ޤާނޫނުހަދާ މަޖިލިހުގެ އިންތިޚާބު އޮބްޒާވް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ވަފުދެއް ސްރީލަންކާއަށް ފުރައިފި

10 އޮގަސްޓް 2015, 12:00 ޚަބަރު

ސްރީލަންކާގެ ޤާނޫނުހަދާ މަޖިލިހުގެ އިންތިޚާބު އޮބްޒާވް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ވަފުދެއް ސްރީލަންކާއަށް ރޭގެ ވަގުތެއްގައި ފުރައިވަޑައިގެންފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ މިވަފުތުގައި ހިމެނިވަޑައިގަތީ ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާން، މެންބަރު މުހައްމަދު ޝަކީލް، މެންބަރު އަޙްމަދު އަކްރަމް އަދި އެސިސްޓަންޓް ޑިރެކްޓަރ ޝަހުލާ ރުޝްދީއެވެ.

ސްރީލަންކާގެ ޤާނޫނުހަދާ މަޖިލިހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހުގައެވެ. މިމަހުގެ 10 އިން 19 އަށް އިލެކްޝަންސް ކޮމިޝަނުގެ ވަފުދު މިއިންތިޚާބުގެ އެންމެހައި މަސައްކަތްތައް އޮބްޒާވް ކުރުމަށް ހަރަކާތްތެރިވުމަށްވަނީ ހަމަޖެހިފައެވެ.