Election Commission of Maldives


ސަން މީޑިއާގައި ކޮމިޝަނުގެ ނައިބު ރައީސް އާ ގުޅޭ ގޮތުން އާންމު ކޮށްފައިވާ ޚަބަރާ ގުޅޭ

11th މާޗް 2021, 12:00 ނޫސް ބަޔާން
ސަން މީޑިއާގައި ކޮމިޝަނުގެ ނައިބު ރައީސް އާ ގުޅޭ ގޮތުން އާންމު ކޮށްފައިވާ ޚަބަރާ ގުޅޭ

ނޫސްބަޔާން

ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމްގެ މައްޗަށް ތުހުމަތުކޮށް ކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ސަން މީޑިއާގައި ޢާންމުކޮށްފައިވާ ޚަބަރާ ގުޅިގެން މިރޭ ކޮމިޝަނުންވަނީ ކުއްލި ޖަލްސާއެއް ބާއްވާފައެވެ.

މި ޖަލްސާގައި، ނައިބު ރައީސް އާއި ގުޅިގެން މިހާތަނަށް މި ކޮމިޝަނުގެ ކަމާބެހޭ އެއްވެސް ކޮމިޓީއަކަށް އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތަސް، އެފަދަ މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ކަމާބެހޭ ކޮމިޓީތަކަށް ހުށަހެޅުމަށް މުވައްޒަފުންނަށް އެންގުމަށް ނިންމުނެވެ.

ކޮމިޝަނުގެ ނައިބު ރައީސް ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށް ބުނާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް މީޑިއާގައި ރިޕޯޓުކުރުމާއި ގުޅިގެން އެ މައްސަލައިގެ ޙަޤީޤަތް ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން، ކޮމިޝަނުގެ ނައިބު ރައީސް މި ކޮމިޝަނުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ހިންގާފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ.

 

11 މާރިޗު 2021

27 ރަޖަބު 1442