2021 ފެބުރުވަރީ 01 އިން ފެށިގެން ރަށު/ސިޓީ ފޯކަލް ޕޮއިންޓުން އިންތިޚާބުގެ މަސައްކަތް ފާށާނެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު 2020ގެ ފޯކަލް ރަށު/ސިޓީ ފޯކަލް ޕޮއިންޓުން އިންތިޚާބުގެ މަސައްކަތްތައް 2021 ފެބުރުވަރީ 01 ގައި ފަށާނެއެވެ.
އިންތިޚާބާ ގުޅިގެން ރަށްރަށުގައި ކުރަންޖެހޭ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އެރަށަކަށް ނުވަތަ ސިޓީ އަކަށް އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިޓުންނެވެ.
މިގޮތުން އެ ރަށެއްގައި ތިބި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކޮށް ފޮނުވުމުން ރަށުގައި އާންމުކޮށް ފެންނާނޭ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމާއި އިލެކްޝަންސް ކޮމިޝަނުން ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފާސް ޙަވާލުކުރުން އަދި ވޯޓުނަގާ ދުވަހު އިންތިޚާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ފޯކަލް ޕޮއިންޓުނގެ ޒިންމާއެވެ.