Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު 2020 ވޯޓުލާ ތާރީޚް ފަސްކޮށްފި

12th މާޗް 2020, 05:30 ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު 2020 ވޯޓުލާ ދުވަސް 18 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހަށް ވަނީ ފަސްކޮށްފައެވެ.

އިންތިޚާބުގެ ތާރީޚް ފަސްކުރިކަން އިޢުލާންކުރީ މިއަދު ހަވީރު އިންތިޚާބާ ބެހޭ މަރުކަޒުގައި ބޭއްވި ޕްރެސް ބްރީފިންގ ގައި ކޮމިޝަނުނުގެ ރައީސް އަހްމަދު ޝަރީފްއެވެ.

އިންތިޚާބު ބާއްވާ ތާރީޚް ފަސްކޮށްފައި މިވަނީ މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ COVID-19 ގެ ސަބަބުން މިއަދުން ފެށިގެން 30 ދުވަހަށް ދިވެހިރާއްޖޭގައި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާ ގުޅިގެންނެވެ.

 

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު 2020 ވޯޓުލާ ދުވަހަކަށް ކުރީގައި ކަނޑައެޅިފައިވާ ތާރީޚަކީ 04 އޭޕްރީލް 2020 އެވެ.