Election Commission of Maldives


ރިޔާސީ އިންތިޚާބު 2023 (ދެވަނަ ބުރު) – ވޯޓު ކަރުދާސް ޗާޕްކުރެވުނު ގޮތުގެ މަޢުލޫމާތު

25 ސެޕްޓެމްބަރު 2023, 12:00 އިއުލާން

(IUL)38-AC/38/2023/428 :ނަންބަރު

އިޢުލާން

ރިޔާސީ އިންތިޚާބު 2023 (ދެވަނަ ބުރު) – ވޯޓު ކަރުދާސް ޗާޕްކުރެވުނު ގޮތުގެ މަޢުލޫމާތު

2023 ސެޕްޓެންބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕްކޮށްފީމެވެ. މި ވޯޓުކަރުދާސް ޗާޕްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންނެވެ. ޗާޕްކޮށްފައިވާ ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދަކީ 285،631 (ދެލައްކަ އަށްޑިހަ ފަސްހާސް ހަސަތޭކަ ތިރީސް އެކެއް) އެވެ.

ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2023