Election Commission of Maldives


ރިޔާސީ އިންތިޚާބު 2023 (ދެވަނަ ބުރު) - ރާއްޖެއިންބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން

14 ސެޕްޓެމްބަރު 2023, 12:00 އިއުލާން

(IUL)38-DC/38/2023/406 :ނަންބަރ

އިޢުލާން

ރިޔާސީ އިންތިޚާބު 2023 ދެވަނަ ބުރު

ރާއްޖެއިންބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން 

2023 ސެޕްޓެންބަރ 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު  2023 ގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު2023 ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުން ފެށިގެން 2023 ސެޕްޓެންބަރު 17  ވާ އާދީއްތަ ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

#

ޤައުމު

ފޯމު ބަލައި ގަންނަ ތަން

ފޯމު ބަލައިގަންނަ ދުވަސްތައް

ފޯމު ބަލައިގަންނަ ވަގުތު

1

އިންޑިޔާ/ ޓްރިވެންޑްރަމް

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓު ޖެނެރަލް

ހުކުރު ދުވަހުން އާދީއްތަ ދުވަހަށް

10:00 އިން 15:00 އަށް

2

ސްރީލަންކާ/ ކޮލޮމްބޯ

ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

ހުކުރު ދުވަހުން އާދީއްތަ ދުވަހަށް

10:00 އިން 15:00 އަށް

3

މެލޭޝިއާ/ ކުއަލަލަމްޕޫރް

ކުއަލަރ ލަމްޕޫރުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން

ހުކުރު ދުވަހުން އާދީއްތަ ދުވަހަށް

10:00 އިން 15:00 އަށް

4

އިނގިރޭސިވިލާތް/ ލަންޑަން

ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

ހުކުރު ދުވަހުން އާދީއްތަ ދުވަހަށް

10:00 އިން 15:00 އަށް

5

އެކުވެރި ޢަރަބި ޢިމާރާތް / އަބޫ ދާބީ

އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

ހުކުރު ދުވަހުން އާދީއްތަ ދުވަހަށް

10:00 އިން 15:00 އަށް

 މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި  ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މިފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް އިން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

 ރާއްޖެއިންބޭރުގައި ފޯމު ދޫކުރުން ހަމަޖެހިފައިވަނީ ރާޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފިސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން އަދި ދިވެހިރާއްޖޭގެ އެމްބަސީ ތަކުންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

14 ސެޕްޓެންބަރު 2023