Election Commission of Maldives


ރިޔާސީ އިންތިހާބް 2023 - ވޯޓި ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

09 ސެޕްޓެމްބަރު 2023, 12:00 އިއުލާން

އިޢުލާން

2023 މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/308(IUL)، (IUL)38-AC/38/2023/370، 38-AC/38/2023/372، ހަވާލާދީ ދަންނަވަމެވެ. 2023 ސެޕްޓެންބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ވޯޓުފޮށީގެނަންބަރު

ޅ. ނައިފަރު،
 މަދްރަސަތުލް އިފްތިތާޙް ޖަލާލުއްދީން މާލަމް ހޯލުގެ އުތުރު

މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދީނު މަގުގެ އުތުރުން ޓިޔުލިޕްހިނގުމުން އުތުރަށް ގޮސް ރޯޝަނީގެއާ ހަމައިން ހުޅަނގަށް ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ނައިފަރު ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-1

G02.02.1

133

ޅ. ނައިފަރު،
 މަދްރަސަތުލް އިފްތިތާޙް ޖަލާލުއްދީން މާލަމް ހޯލުގެ ދެކުނު

މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް  ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންނާއި،މ.އަތޮޅު މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ޅ. ނައިފަރު-2

G02.02.2

134

ޅ. ނައިފަރު،
 މަލްޓިޕާޕަސް ބިލްޑިންގް

މި ފޮށްޓަށް ވޯޓުލާނީ އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިނގުމުން އިރަށް ފިނިއުނިމާގެއާ ހިސާބުން އިރަށް އެކަތައާ ހިސާބުން އުތުރަށް ވަށައިލެވިގެންގޮސް ތަރަހައާ ހަމައިން ހުޅަނގަށް ގޮސް ރޯޝަންގެއާ ހަމައިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-3

G02.02.3

135

ޅ. ނައިފަރު،
 ވިލާ ކޮލެޖް ނައިފަރު ކެމްޕަސް ހޯލް

މި ފޮށްޓަށް ވޯޓުލާނީ ޓިޔުލިޕް ހިނގުމުގެ އިރުން ކަނޑުފެންނަގެއިން ފެށިގެން އިރަށް ހެޕީބީޗް އާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި،  ޓިޔުލިޕް ހިނގުމުން  އުތުރުގެއާ ހިސާބުން ހުޅަނގަށް ގޮސް ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ،ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި  ކުޅުދުއްފުށި ސިޓީގެ މީހުންނާއި،މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-4

G02.02.4

136

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި،
ޖީ. އެމް ވިލާ

މި ފޮށްޓަށް ވޯޓުލާނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި (ކ. އިތާފުށި)

Z55.1.1

468

މެލޭޝިއާ، ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އައިކަން ޓަވަރ، ލެވަލް 11، ޔުނިޓް E-11-01، ޖަލަން ޓުން ރަޒަކް، ކުއަލަލަމްޕޫރް 50400، މެލޭޝިއާ

މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީގެ  މައްޗަންގޮޅި، ގަލޮޅު، މާފަންނު، ވިލިމާލެ، ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރް - 1

W02.1.1

403

މެލޭޝިއާ، ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އައިކަން ޓަވަރ، ލެވަލް 11، ޔުނިޓް E-11-01، ޖަލަން ޓުން ރަޒަކް، ކުއަލަލަމްޕޫރް 50400، މެލޭޝިއާ

މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީގެ ހެންވޭރު، ހުޅުމާލެ އަދި ދަފްތަރަށް ނިސްބަތްވާ ރައްޔިތުންނާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރް - 2

W02.1.2

404

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

09 ސެޕްޓެންބަރު 2023