Election Commission of Maldives


ރިޔާސީ އިންތިޚާބު 2023 - ރީ-ރަޖިސްޓްރޭޝަނަށްފަހު ވޯޓުފޮށިތަކަށް ގެނެވިފައިވާ ބަދަލުތައް

14 އޮގަސްޓް 2023, 12:00 އިއުލާން

(IUL)38-AC/38/2023/370 :ނަންބަރު

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/305 (9 ޖުލައި 2023) ، (IUL)38-AC/38/2023/306 (9 ޖުލައި 2023) އަދި (IUL)38-AC/38/2023/310 (9 ޖުލައި 2023) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ރީ-ރަޖިސްޓްރޭޝަނަށްފަހު ވޯޓުފޮށިތަކަށް ގެނެވިފައިވާ ބަދަލުތައް

2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު، މާލޭސިޓީ، ހުޅުމާލެ، ވިލިމާލެ އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 40 ވޯޓު ފޮށްޓަށް ތިރީގައި މިދަންނަވާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ. މީގެއިތުރުން، ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު 7 ވޯޓުފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ނިންމައިފީމެވެ.

ބަދަލު ގެނެވިފައިވާ ވޯޓުފޮށިތައް

 1. YT.0.34 (ވިލިމާލެ، އެހެނިހެން-2) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން  YT.0.33 (ވިލިމާލެ، އެހެނިހެން-1) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 2. YT.0.36 (ވިލިމާލެ، އެހެނިހެން-4) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން YT.0.35 (ވިލިމާލެ، އެހެނިހެން-3) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 3. YT.0.6 (ހުޅުމާލެ، އެހެނިހެން-6) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން YT.0.5 (ހުޅުމާލެ، އެހެނިހެން-5) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 4. YT.0.18 (ހުޅުމާލެ، އެހެނިހެން-18) އަދި YT.0.19 (ހުޅުމާލެ، އެހެނިހެން-19) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން YT.0.17 (ހުޅުމާލެ، އެހެނިހެން-17) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 5. YT.0.21 (ހުޅުމާލެ، އެހެނިހެން-21)، YT.0.22 (ހުޅުމާލެ، އެހެނިހެން-22)، YT.0.23 (ހުޅުމާލެ، އެހެނިހެން-23) އަދި YT.0.24 (ހުޅުމާލެ، އެހެނިހެން-24) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން YT.0.20 (ހުޅުމާލެ، އެހެނިހެން-20) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 6. YT.0.26 (ހުޅުމާލެ، އެހެނިހެން-26)، YT.0.27 (ހުޅުމާލެ، އެހެނިހެން-27) އަދި YT.0.28 (ހުޅުމާލެ، އެހެނިހެން-28)،  ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން YT.0.25 (ހުޅުމާލެ، އެހެނިހެން-25) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 7. YT.0.30 (ހުޅުމާލެ، އެހެނިހެން-30)، YT.0.31 (ހުޅުމާލެ، އެހެނިހެން-31) އަދި YT.0.32 (ހުޅުމާލެ، އެހެނިހެން-32) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން YT.0.29 (ހުޅުމާލެ، އެހެނިހެން-29) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 8. TT.1.5 (މާލޭރައްޔިތުން - 3) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން T13.1.4 (ވިލިމާލެ-4) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 9. AT.2.1 (ހއ. އަތޮޅު، މާލެ-3) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން AT.1.2  (ހއ. އަތޮޅު، މާލެ-2) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 10. W03.1.2 (ސްރީލަންކާ / ކޮލަމްބޯ - 2) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން  W03.1.1 (ސްރީލަންކާ / ކޮލަމްބޯ - 1) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.
 11. W03.1.3 (ސްރީލަންކާ / ކޮލަމްބޯ - 3) އަދި W03.1.4 (ސްރީލަންކާ / ކޮލަމްބޯ - 4) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން  W03.1.2 (ސްރީލަންކާ / ކޮލަމްބޯ - 2) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލާ ގޮތަށް ހަމަޖެއްސުން.

އިތުރުކުރެވުނު ވޯޓުފޮށިތައް

 1. TT.1.4 (މާލޭރައްޔިތުން - 2) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، TT.1.6 (މާލޭރައްޔިތުން - 6) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
 2. DT.1.1 (ނ. އަތޮޅު، މާލެ-1) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، DT.1.2 (ނ. އަތޮޅު، މާލެ-4) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
 3. UT.1.1 (އއ. އަތޮޅު، މާލެ-1) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، UT.1.2 (އއ. އަތޮޅު، މާލެ-2) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
 4. NT.1.1 (ތ. އަތޮޅު، މާލެ-1) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، NT.1.2 (ތ. އަތޮޅު، މާލެ-5) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
 5. OT.3.1 (ލ. އަތޮޅު، މާލެ-3) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، OT.3.2 (ލ. އަތޮޅު، މާލެ-4) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
 6. W02.1.1 (މެލޭޝިއާ / ކުއަލަލަމްޕޫރް - 1) އަދި W02.1.2 (މެލޭޝިއާ / ކުއަލަލަމްޕޫރް - 2) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، W02.1.3 (މެލޭޝިއާ / ކުއަލަލަމްޕޫރް - 3) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
 7. FT.1.1 (ބ. އަތޮޅު، މާލެ-1)، FT.2.1 (ބ. އަތޮޅު، މާލެ-2) އަދި FT.3.1 (ބ. އަތޮޅު، މާލެ- 3) ވަނަ ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، FT.4.1 (ބ. އަތޮޅު، މާލެ- 4) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.

މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުފޮށިތަކަށް ގެނެވުނު ބަދަލަށްފަހު، އެ ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ވޯޓުފޮށީގެނަންބަރު

މާލެ، އަމީނިއްޔާ ސްކޫލުގެ ކްލާސް ރޫމް 1A

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. ތުރާކުނު، ހއ. އުލިގަން، ހއ. އިހަވަންދޫ، ހއ. މާރަންދޫ، ހއ. މޮޅަދޫ، މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހއ. އަތޮޅު، މާލެ-2

AT.1.2

493

މާލެ،
 އިސްކަންދަރު ސްކޫލު ހޯލުގެ މެދު

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ،  ނ. މާޅެންދޫ، ނ. ކުޑަފަރި  މި 4 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ނ. އަތޮޅު، މާލެ-1

DT.1.1

509

އާ ދަރުމަވަންތަ އުތުރު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 1A

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ނ. ހޮޅުދޫ، ނ. މިލަދޫ، ނ. މަގޫދޫ މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ނ. އަތޮޅު، މާލެ-4

DT.1.2

611

މާލެ،
 އިސްކަންދަރު ސްކޫލް ހޯލުގެ ހުޅަނގު

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ބ. ފުޅަދޫ، ބ. ފެހެންދޫ، ބ. ގޮއިދޫ، ބ. މާޅޮސް، ބ. ހިތާދޫ މި 5  ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.     

ބ. އަތޮޅު، މާލެ-1

FT.1.1

518

މާލެ،
 ކަލާފާނު ސްކޫލްގެ ކޮރިޑޯ އޭރިއާ

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ބ. އޭދަފުށި ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ބ. އަތޮޅު، މާލެ-2

FT.2.1

519

މާލެ،
 ކަލާފާނު ސްކޫލްގެ ކްލާސް 1C

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ބ. ދަރަވަންދޫ، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ކަމަދޫ، ބ. ކެންދޫ، ބ. ކުޑަރިކިލު މި 6 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ބ. އަތޮޅު، މާލެ- 3

FT.3.1

520

އާ ދަރުމަވަންތަ އުތުރު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 2A

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ބ. ތުޅާދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.     

ބ. އަތޮޅު، މާލެ- 4

FT.4.1

615

މާލެ،
 ޖަމާލުއްދީން ސްކޫލްގެ ހޯލުގެ ދެކުނު

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި  އއ. އުކުޅަސް، އއ.ރަސްދޫ، ތޮއްޑޫ މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އއ. އަތޮޅު، މާލެ-1

UT.1.1

527

އާ ދަރުމަވަންތަ އުތުރު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 1D EAST

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި  އއ. ބޮޑުފޮޅުދޫ، އއ. ފެރިދޫ، އއ. ހިމަންދޫ، އއ. މާޅޮސް، އއ. މަތިވެރި މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އއ. އަތޮޅު، މާލެ-2

UT.1.2

612

މާލެ،
 އަމީނިއްޔާ ސްކޫލުގެ ހޯލުގެ އުތުރު

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ތ. ބުރުނި އަދި ތ. މަޑިފުށި މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތ. އަތޮޅު، މާލެ-1

NT.1.1

537

އާ ދަރުމަވަންތަ އުތުރު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 1C

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި  ތ. ވިލުފުށި ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތ. އަތޮޅު، މާލެ-5

NT.1.2

613

މާލެ،
 ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކޮރިޑޯ އޭރިއާ

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ފޮނަދޫ، ލ. މާމެންދޫ މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ލ. އަތޮޅު، މާލެ-3

OT.3.1

543

އާ ދަރުމަވަންތަ އުތުރު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 1D

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ކުނަހަންދޫ، ލ. ހިތަދޫ، ލ. މާވަށް، މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ލ. އަތޮޅު، މާލެ-4

OT.3.2

614

ހުޅުމާލެ،
 ހުރަވީ ސްކޫލް ހޯލްގެ ހުޅަނގު 2

މި ފޮށްޓަށް ވޯޓުލާނީ ހުޅުމާލޭގައި ދިރިއުޅޭ ރ އަދި ބ އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުމާލެ، އެހެނިހެން-5

YT.0.5

573

ހުޅުމާލެ،
 ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ ކްލާސްރޫމް 2A

މި ފޮށްޓަށް ވޯޓުލާނީ ހުޅުމާލޭގައި ދިރިއުޅޭ ހއ، ހދ، ށ މި 3 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުމާލެ، އެހެނިހެން-17

YT.0.17

585

ހުޅުމާލެ،
 ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ ކްލާސްރޫމް 1G

މި ފޮށްޓަށް ވޯޓުލާނީ ހުޅުމާލޭގައި ދިރިއުޅޭ ނ،ރ، ބ، ޅ، ކ، އއ، އދ، މި 7 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުމާލެ، އެހެނިހެން-20

YT.0.20

588

ހުޅުމާލެ،
 ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ ކްލާސްރޫމް 1D

މި ފޮށްޓަށް ވޯޓުލާނީ ހުޅުމާލޭގައި ދިރިއުޅޭ ވ، މ، ފ، ދ، ތ، ލ، ގއ މި 7 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުމާލެ، އެހެނިހެން-25

YT.0.25

593

ހުޅުމާލެ،
 ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ އާ ކްލާސްރޫމް 2

މި ފޮށްޓަށް ވޯޓުލާނީ ހުޅުމާލޭގައި ދިރިއުޅޭ ގދ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުމާލެ، އެހެނިހެން-29

YT.0.29

597

ހުޅުމާލެ،
 ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ ކްލާސްރޫމް 1A

މިފޮށްޓަށް ވޯޓުލާނީ، މާލޭގެ އަވަށްތަކާއި ވިލިމާލޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

މާލޭރައްޔިތުން - 6

TT.1.6

610

 ވިލިމާލެ،
 މުހިއްޔިއްދީން ސްކޫލް ހޯލުގެ މެދު

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލެ ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓަރީގައިވާ މީހުންނާއި މާލޭގެ އަވަށްތަކާއި ހުޅުމާލޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ވިލިމާލެ-4

T13.1.4

220

 ވިލިމާލެ،
 މުހިއްޔިއްދީން ޕްރީސްކޫލް ކެމްޕަސް

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގައި ދިރިއުޅޭ ހއ، ހދ، ރ، ބ، ޅ، ކ، އއ، އދ، ވ މި 9 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނާއި، ވިލިމާލޭގައި ދިރިއުޅޭ ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ.

 ވިލިމާލެ، އެހެނިހެން-1

YT.0.33

601

 ވިލިމާލެ،
 ވިލިމާލެ ޔޫތް ސެންޓަރުގެ ޒުމްބާ ހޯލް

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގައި ދިރިއުޅޭ ށ، ނ، މ، ފ، ދ، ތ، ލ، ގއ، ގދ މި 9 އަތޮޅުގެ ރައްޔިތުންނާއި ވިލިމާލޭގައި ދިރިއުޅޭ ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ.

 ވިލިމާލެ، އެހެނިހެން-3

YT.0.35

603

ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އައިކަން ޓަވަރ (އީސްޓް ވިންގް) ޔުނިޓް E-12B-01، ޖަލަން ޓުން ރަޒަކް، ކުއަލަލަމްޕޫރް 50400، މެލޭޝިއާ

މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީގެ  މައްޗަންގޮޅި، ގަލޮޅު، މާފަންނު، ވިލިމާލެ، ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރް - 1

W02.1.1

403

މެލޭޝިއާ، ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އައިކަން ޓަވަރ (އީސްޓް ވިންގް) ޔުނިޓް E-12B-01، ޖަލަން ޓުން ރަޒަކް، ކުއަލަލަމްޕޫރް 50400، މެލޭޝިއާ

މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީގެ ހެންވޭރު، ހުޅުމާލެ އަދި ދަފްތަރަށް ނިސްބަތްވާ ރައްޔިތުންނާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރް - 2

W02.1.2

404

މެލޭޝިއާ، ދިވެހިރާއްޖޭގެ ހައި ކޮމިޝަން، އައިކަން ޓަވަރ (އީސްޓް ވިންގް) ޔުނިޓް E-12B-01، ޖަލަން ޓުން ރަޒަކް، ކުއަލަލަމްޕޫރް 50400، މެލޭޝިއާ

މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީގެ ހެންވޭރު، ހުޅުމާލެ އަދި ދަފްތަރަށް ނިސްބަތްވާ ރައްޔިތުންނާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރް - 3

W02.1.3

616

ސްރީލަންކާ / ކޮލޮމްބޯ، ދިވެހިރާއްޖޭގެ ހައި ކޮމިޝަން، ނަންބަރ 25، މެލްބޯރން އެވެނިއު  ކޮލަމްބޯ 4، ސްރީލަންކާ

މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ދިރިއުޅޭ މާލެ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮ  ށްފައިވާ ދިވެހި ރައްޔިތުންނެވެ.

ސްރީލަންކާ / ކޮލަމްބޯ - 1

W03.1.1

405

ދިވެހިރާއްޖޭގެ ހައި ކޮމިޝަން، ނަންބަރ 25، މެލްބޯރން އެވެނިއު  ކޮލަމްބޯ 4، ސްރީލަންކާ

މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ދިރިއުޅޭ މާލޭ ސިޓީ ރައްޔިތުން ފިޔަވައި، މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

ސްރީލަންކާ / ކޮލަމްބޯ - 2

W03.1.2

406

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

14 އޮގަސްޓް 2023