Election Commission of Maldives


ރިޔާސީ އިންތިޚާބު 2023 - ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކުރުން

05 އޮގަސްޓް 2023, 12:00 އިއުލާން

(IUL)38-DC/38/2023/352 :ނަންބަރ

އިޢުލާން

ރިޔާސީ އިންތިޚާބު 2023

ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކުރުން

2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި، 2023 އޮގަސްޓު 5 ވާ ހޮނިހިރު  ދުވަހުގެ ރޭގަނޑު 10:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

05 އޮގަސްޓް 2023