Election Commission of Maldives


ރިޔާސީ އިންތިޚާބު 2023 - ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން, އިތުރު ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުން

31 ޖުލައި 2023, 12:00 އިއުލާން

(IUL)38-AC/38/2023/344 :ނަންބަރު

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2023/308 އިޢުލާނުން އަދި (IUL)38-CA/38/2023/329 އިޢުލާނުން 2023 ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން ތިރީގައި މިދަންނަވާ ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ނިންމައިފީމެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ވޯޓުފޮށީގެނަންބަރު

ފަރި ކެމްޕަސް މޯލްޑިވްސް،

މަލްޓި ޕާރޕަސް ހޯލް

މި ފޮށްޓަށް ވޯޓުލާނީ ފަރި ކެމްޕަސް މޯލްޑިވްސް އާއި ރިޓްޒް ކާރލްޓަން މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ފަރި ކެމްޕަސް މޯލްޑިވްސް

(ކ.ރަށްފަޅުހުރާ)

Z80.1.1

606

އަމާރި ރާޔާ މޯލްޑިވްސް، ރެކްރިއޭޝަން ހޯލް

މި ފޮށްޓަށް ވޯޓުލާނީ އަމާރި ރާޔާ މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އަމާރި ރާޔާ މޯލްޑިވްސް (ރ.ކުޑަކުރަތު)

Z81.1.1

607

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 (ތިރީސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 ޖުލައި 2023