Election Commission of Maldives


މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމާ ގުޅޭ

24 މެއި 2023, 12:00 އިއުލާން
 

(IUL)38-CB./38/2023/233 :ނަންބަރު

އިޢުލާން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމާ ގުޅޭ؛

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމަށް މި ކޮމިޝަނުން މިއަދުވަނީ ނިންމާފައެވެ.

ވީމާ، މި ޕާޓީގެ ދަރަންޏެއްވާނަމަ އެކަން މި ކޮމިޝަނަށް އެންގުމަށްޓަކައި ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. މި އިޢުލާނާ ގުޅިގެން ގުޅާނީ މި ކޮމިޝަނުގެ 3322241 ނަންބަރު ފޯނަށެވެެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

24 މޭ 2023