އިޢުލާން
ކ. ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން
2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ކ. ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު: 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކުރަމެވެ.
H3 |
ކ. ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ |
ލޯގޯ |
ކެންޑިޑޭޓް ނަންބަރު 1 |
ޢާއިޝަތު ސާހިރާ، ހަނދުވަރީގެ، ކ.ދިއްފުށި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ހ.ހުރަފަ، މާލެ |
|
ކެންޑިޑޭޓް ނަންބަރު 2 |
ފާޠިމަތު ޢަރުޝީ، ސެވީނާ، ކ.ދިއްފުށި، އަމިއްލަގޮތުން ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: އެރޯމާ، ކ. ދިއްފުށި |
|