(IUL)38-AC/38/2023/123 :ނަންބަރު
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން - ވޯޓުފޮށި ބަހައްޓާ ތަންތަން
2023 އެޕްރީލު 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުގެ ތަފްސީލު ތިރީގައި މި ދަންނަވަނީއެވެ.
# |
ކޯޑު |
ވޯޓުފޮށީގެ ނަންބަރު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
1 |
145 |
H03.07.1 |
ކ.ގުޅި-1 |
މި ފޮށްޓަށް ވޯޓުލާނީ ގުޅީ ރައްޔިތުންނެވެ. |
ގުޅީ ސްކޫލް |
2 |
146 |
H03.08.1 |
ކ. މާފުށި-1 |
މި ފޮށްޓަށް ވޯޓުލާނީ މާފުށީ ރައްޔިތުންގެ ތެރެއިން،ތިންމަހާނަ މަގުގެ ދެކުނުން ފެށިގެން ގޮސް އުތުރަށް، ހަނދުވަރީމަގުން އިރަށް،ރޯޝަނީ ހިނގުމުން އުތުރަށްގޮސް، އެމަގު ނިމޭ ހިސާބުގެ އިރުމަތީ ސަރަހައްދުގައިހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
މާފުށީސްކޫލް |
3 | 147 | H03.08.2 | ކ. މާފުށި-2 | މި ފޮށްޓަށް ވޯޓުލާނީ މާފުށީ ރައްޔިތުންގެ ތެރެއިން، ތިންމަހާނަ މަގުގެ ދެކުނުން ފެށިގެން ގޮސް އުތުރަށް، ހަނދުވަރީމަގުން އިރަށް، ރޯޝަނީ ހިނގުމުން އުތުރަށްގޮސް، އެމަގު ނިމޭ ހިސާބުގެ ހުޅަނގު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. | މާފުށީސްކޫލް |
4 | 148 | H03.09.1 | ކ. ގުރައިދޫ-1 | މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ބަހާރުމަގުގެ ދެކުނުސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. | ގުރައިދޫ ކައުންސިލް އިދާރާ (މީޓިންގ ރޫމް) |
5 | 149 | H03.09.2 | ކ. ގުރައިދޫ-2 | މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ބަހާރުމަގުގެއުތުރު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. | ގުރައިދޫޔޫތު ސެންޓަރު |
6 |
1 | T0.1 |
ބައި-އިލެކްޝަން، އަތޮޅު-މާލެ-1 |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ގުރައިދޫ ދާއިރާގެ (ކ.ގުރައިދޫ، ކ.މާފުށި، ކ.ގުޅި) ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ. | ޢިއްޒުއްދީން ސްކޫލް |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 މާރިޗު 2023