އިޢުލާނު
1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި ކޮމިޝަނުންދީފައިވާ މަޢުލޫމާތާއި އެއްގޮތަށް، 1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުންހޯދުމަށް ކޮށްފައިވާ ނަންބަރު: 31 (IUL)38-AD/38/2023/އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތަކުގައި ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ހިމަނާފައިނުވާތީއާއި ބީލަމުގެ އަގު ބޮޑުކަމަށް ފެންނާތީ އެ ބީލަންތައް ބާޠިލުކޮށް، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުޅުވުން އޮންނާނީ 16 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 15 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 11:30 ގެ ކުރިން، [email protected]ns.gov.mv އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
08 ފެބުރުވަރީ 2023