Election Commission of Maldives


ހއ.ތަކަންދޫ ކައުންސިލް މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާ ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނާ ގުޅިގެން ހުށަހެޅޭ ޝަކުވާ/ މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ

12th ޑިސެމްބަރު 2022, 12:00 އިއުލާން

ނަންބަރު:(IUL)38-DA/38/2022/352

އިޢުލާން

ހއ.ތަކަންދޫ ކައުންސިލް މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާ ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނާ ގުޅިގެން ހުށަހެޅޭ ޝަކުވާ/ މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ

            2023 ޖަނަވަރީ 21 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ހއ.ތަކަންދޫ ކައުންސިލް މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާ ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި- އިލެކްޝަނާ ގުޅިގެން  ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.

            އިސްވެ ދެންނެވުނު އިންތިޚާބާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ  "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. ޝަކުވާ / މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. މިގޮތުން ފޯމު އީމެއިލް ކުރައްވާނީ މި ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެސް ކަމުގައިވާ، [email protected] އަށެވެ.

      ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2023 ޖަނަވަރީ 21 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށެވެ. ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެއެވެ. އަދި  އިލެކްޝަންސް ކޮމިޝަނަށް، "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެއެވެ.

ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނޭ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނު ކުރީމެވެ.

08  ޑިސެމްބަރ 2022