(IUL)38-CA/38/2022/298: ނަންބަރު
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެބައި-އިލެކްޝަން
މި ކޮމިޝަނުގެ ނަންބަރު :(IUL)38-CA/38/2022/274 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2022 އޮކްޓޫބަރު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ހއ.ހޯރަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
މަހުދިއްޔާ ޢަބްދުއްޞަމަދު |
ޝިފާނާމަންޒިލް، ހއ.ހޯރަފުށި |
ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް |
ވީމާ، ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަހުދިއްޔާ ޢަބްދުއްޞަމަދު، ހއ.ހޯރަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.