Election Commission of Maldives


ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

19 ސެޕްޓެމްބަރު 2022, 12:00 އިއުލާން

(IUL)38-AD/38/2022/281:ނަންބަރު 

 

އިޢުލާނު

ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި ކޮމިޝަނަށް ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 އޯގަސްޓް 22 ވީ ހޯމަ ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/254 އިޢުލާނާއެކު އާންމުކޮށްފައިވާ ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ ރިކުއަރމަންޓަށް ބަދަލުގެނެވިފައިވާތީ މި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކޮށް، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 2022 އޮކްޓޯބަރު 02 ވާ އާދީއްތަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

 

19 ސެޕްޓެންބަރު 2022