(IUL)38-DB/38/2022/259 :ނަންބަރ
އިޢުލާން
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަލުގެ ލިސްޓް އާންމުކުރުން
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފީމެވެ. މިލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، "ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވުމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށް 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޯމު ފޮނުއްވައިގެންނެވެ.
މީގެ އިތުރުން މިހާރު ރަޖިސްޓަރީވެފައިވާ ޕާޓީގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ. އެސް.އެމް.އެސް މެދުވެރިކޮށް ޕާޓީގެ މައުލޫމާތު ޗެކްކުރެއްވުމަށް PPR (space) ID-Card Number ޖެއްސެވުމަށްފަހު 1414 ފޮނުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
05 ޞަފަރު 1444
01 ސެޕްޓެމްބަރ 2022