Election Commission of Maldives


ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާއަށް ހުޅުވާލުން

21 އޮގަސްޓް 2022, 12:00 އިއުލާން

ނަންބަރު(IUL)38-CB/38/2022/252 :

އިޢުލާން

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާއަށް ހުޅުވާލުން

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތް ތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ޞައްޙަ ފޯމުކަމުގައި ކަށަވަރު ކުރުމަށްޓަކައި މިކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ފޯމުގައިވާ މަޢުލޫމާތުގެ ތެރެއިން އެފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް ޝަކުވާއަށް އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށް އިޢުލާން ކުރީމެވެ. އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ  މޯބައިލް ނަންބަރަށް މެސެޖެއްވެސް ވާނީ ފޮނުވިފައި އެވެ.

21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހު އާންމު ކުރެވިފައިވާ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 28 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުމަށް ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި އިޢުލާނާ އެކު ޝާއިއު ކުރެވިފައިވާ ލިސްޓުގައި ހިމެނިފައިވާ ފޯމުތަކުގެ އަދަދު ތަކަކީ:

 

- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) ގެ 56 ފޯމު

- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ 143 ފޯމު

- ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) ގެ 5 ފޯމު

މީގެ އިތުރުން މިހާރު ރަޖިސްޓަރީވެފައިވާ ޕާޓީގެ މަޢުލޫމާތު ((PPR space ID-Number Send to 1414 އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                23 މުޙައްރަމް 1444

21 އޮގަސްޓް 2022