(IUL)38-CB/38/2022/230 : ނަންބަރ
އިޢުލާން
މ. ދިއްގަރު ކައުންސިލް މެންބަރު އަދި ތ. ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން
2022 އޮގަސްޓު 13ވާ ހޮނިހިރުދުވަހު ބޭއްވުމަށްހަމަޖެހިފައިވާ މ. ދިއްގަރު ކައުންސިލް މެންބަރު އަދި ތ. ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގައިވޯޓުލާންރަޖިސްޓަރީވެފައިވާތަންނޫންއެހެންތަނެއްގައިވޯޓުލުމަށްޓަކައިރަޖިސްޓަރީވުމުގެފުރުޞަތު 2022 ޖުލައި 31ވާއާދީއްތަދުވަހުގެހެނދުނު10:00އިންފެށިގެން2022 އޮގަސްޓް04ވާއާދީއްތަދުވަހުގެމެންދުރުފަހު1:00 ގެނިޔަލަށްހުޅުވާލައިފީމެވެ. މި އިންތިޚާބުގައި ރަޖިސްޓަރީ ވާނީ މ. ދިއްގަރު އަދި ތ. ގާދިއްފުށީގެރައްޔިތުންނެވެ.
މިމުއްދަތުގެތެރޭގައިރަޖިސްޓަރީވުމަށްއެދިހުށަހަޅާނީއިސްވެ ދެންނެވުނުދާއިރާއަށްރަޖިސްޓަރީވެފައިވާފަރާތްތަކުގެތެރެއިންރަޖިސްޓަރީވެފައިވާތަންނޫންއެހެންތަނަކަށްރަޖިސްޓަރީވާންއެދޭފަރާތްތައްއެކަންޏެވެ. ވީމާ، މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ((VR space ID-Number Send to 1414 އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށްhttps://form.elections.gov.mvއިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެންނެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅުން
ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. މި ޕޯޓަލް ބޭނުންކުރާނެ ގޮތުގެ މެނުއަލްއެއް މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާނެއެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ރީ-ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުން
ރަޖިސްޓަރީ ވުމަށް ފޯމު މެދުވެރިކޮށް ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ. އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއައްސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ ފޯމުގައި އެތަނެއްގެ ތައްގަނޑު ޖަހާފައިވާ 100 ފޯމެވެ.
ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ، 2022 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2022 އޮގަސްޓް 04 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި، އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއިން ފޯމު ބަލައިގަންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 01:00 އަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3004414ނުވަތަ 7917732 ނަންބަރަށް ގުޅުއްވުން އެދެމެވެ.