Election Commission of Maldives


ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ގުޅޭ

25 ޖުލައި 2022, 12:00 އިއުލާން

 

 (IUL)38-CA/38/2022/229 :ނަންބަރު

އިޢުލާން

ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ގުޅޭ:

އިލެކްޝަންސް ކޮމިޝަނުން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ބާއްވާ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންގެ ޕޫލްއެއް އެކުލަވާލުމަށްޓަކައި، ކޮށްފައިވާ ނަންބަރު (IUL)38-CA/38/2022/183 އިޢުލާނަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިނުވާތީ، އޮފިޝަލުން ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ޝަރުޠު:

  • ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން. އަދި ސިޔާސީ ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު ކަމުގައިނުވުން.
  • އިޢުލާނުކުރެވޭ އިންތިޚާބެއްގައި އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
  • މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  2.  އެޓެސްޓް ކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
  3.  ނެގިފަހުން 03 މަސް ނުވާ ޕާސްޕޯޓް ސައިޒުގެ 01 ގަނޑު ފޮޓޯ
  4. ވަނަވަރު

އުޖޫރަ:

 ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ

-/1800ރ (އަށާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

 ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ

-/1600ރ (ސޯޅަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް

-/1500ރ (ފަނަރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

އޮފިޝަލަކަށްވުމަށް އެދެންވީ ގޮތާއި ސުންގަޑި:         

އޮފިޝަލަކަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު: https://forms.gle/b7RjapLzeQheAuPq7 މެދުވެރިކޮށް  2022 އޮގަސްޓް 21 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިންފޯމް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެއެވެ.
  • މި މަސައްކަތަށް ކުރިމަތިލާ މީހުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ.
  • މި ޕޫލްގައި މަސައްކަތް ކުރާ އޮފިޝަލުން މަސައްކަތް ކުރަންޖެހޭނީ މާލެ ނުވަތަ ކޮމިޝަނުން ހަމަޖައްސާ ރަށެއްގައެވެ.
  • މި ޕޫލްގައި ހިމެނޭ ފަރާތްތަކުގެ ތަރުތީބުން މިއަހަރު ބާއްވާ ބައި-އިލެކްޝަންތަކުގައި ފުރުސަތު ދެމުން ގެންދާނެއެވެ.
  • ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޕޫލްގައި ހިމެނޭ މީހަކަށް އެ އިންތިޚާބެއްގެ އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެއެވެ.

 

 

25 ޖުލައި 2022