Election Commission of Maldives


އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

21 ޖުލައި 2022, 12:00 އިއުލާން
 
 

  (IUL)38-CA/38/2022/226 : ނަންބަރު

އިޢުލާން

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

2022 ޖުލައި 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލް

#

ދާއިރާ ކޯޑު

ދާއިރާ / ރަށުގެ ނަން

ޕްރިންޓްކުރި ޖުމްލަކަރުދާހުގެ އަދަދު

1

N7

ތ. ވަންދޫ

300

2

S1-S6

އައްޑޫ ސިޓީ ހިތަދޫ

12219

ޖުމްލަ:

12519

 

ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

21 ޖުލައި 2022