(IUL)38-CA/38/2022/212 : ނަންބަރު
އިޢުލާން
މ. ދިއްގަރު ކައުންސިލް މެންބަރު އަދި ތ. ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން
ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ
2022 އޮގަސްޓު 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ. ދިއްގަރު ކައުންސިލް މެންބަރު އަދި ތ. ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.
ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން |
|||
ދާއިރާ |
ތަން |
ތާރީޚު އަދި ދުވަސް |
ގަޑި |
މ.ދިއްގަރު |
މ.ދިއްގަރު ކައުންސިލް އިދާރާ |
07 ޖުލައި 2022، ބުރާސްފަތި |
10:00 |
ތ.ގާދިއްފުށި |
ތ.ގާދިއްފުށި ކައުންސިލް އިދާރާ |
07 ޖުލައި 2022، ބުރާސްފަތި |
10:00 |
އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.