(IUL)38-CA/38/2022/183 :ނަންބަރު
އިޢުލާން
ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ގުޅޭ:
|
އިލެކްޝަންސް ކޮމިޝަނުން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ބާއްވާ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންގެ ޕޫލްއެއް އެކުލަވާލުމަށްޓަކައި، އޮފިޝަލުން ހޯދުމަށް އިޢުލާނު ކުރަމެވެ.
|
ޝަރުޠު:
|
- ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން. އަދި ސިޔާސީ ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު ކަމުގައިނުވުން.
- އިޢުލާނުކުރެވޭ އިންތިޚާބެއްގައި އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
- މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
|
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- އެޓެސްޓް ކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
- ނެގިފަހުން 03 މަސް ނުވާ ޕާސްޕޯޓް ސައިޒުގެ 01 ގަނޑު ފޮޓޯ
- ވަނަވަރު
|
އުޖޫރަ:
|
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ
|
-/1800ރ (އަށާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.
|
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ
|
-/1600ރ (ސޯޅަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.
|
އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް
|
-/1500ރ (ފަނަރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.
|
އޮފިޝަލަކަށްވުމަށް އެދެންވީ ގޮތާއި ސުންގަޑި:
|
އޮފިޝަލަކަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކުންމިކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު: https://forms.gle/b7RjapLzeQheAuPq7މެދުވެރިކޮށް 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިންފޯމް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެއެވެ.
- މި މަސައްކަތަށް ކުރިމަތިލާ މީހުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ.
- މި ޕޫލްގައި މަސައްކަތް ކުރާ އޮފިޝަލުން މަސައްކަތް ކުރަންޖެހޭނީ މާލެ ނުވަތަ ކޮމިޝަނުން ހަމަޖައްސާ ރަށެއްގައެވެ.
- މި ޕޫލްގައި ހިމެނޭ ފަރާތްތަކުގެ ތަރުތީބުން މިއަހަރު ބާއްވާ ބައި-އިލެކްޝަންތަކުގައި ފުރުސަތު ދެމުން ގެންދާނެއެވެ.
- ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޕޫލްގައި ހިމެނޭ މީހަކަށް އެ އިންތިޚާބެއްގެ އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެއެވެ.
|
05 ޖުލައި 2022