(IUL)38-CA/38/2022/209 :ނަންބަރު
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން – ވޯޓުފޮށީގެ ސަރަހައްދު ބަދަލުވުން
މިކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2022/188 (21 ޖޫން 2022) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2022 ޖުލައި 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ވޯޓުލާން ރަޖިސްޓަރިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ޢަދަދަށް ބެލުމަށްފަހު، މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ T0.4 (ބައި-އިލެކްޝަން، އަތޮޅު-މާލެ-4) ނަންބަރު ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފީމެވެ. އަދި މިފޮށްޓަށް ރަޖިސްޓަރީ ކޮށްފައިވާ މީހުން މާލޭގެ T0.1 (ބައި-އިލެކްޝަން، އަތޮޅު-މާލެ-1) ނަންބަރު ވޯޓު ފޮށްޓަށް ވަނީ ބަދަލުކުރެވިފައެވެ.
މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުފޮށިތަކަށް ގެނެވުނު ބަދަލަށްފަހު، މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ފޮށިތަކުގެ ކޯޑާއި، ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.
# |
ކޯޑު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށި ބަހައްޓާ ތަން |
1 |
1 |
ބައި-އިލެކްޝަން، އަތޮޅު-މާލެ-1 |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހިތަދޫ ރަސްގެދަރު ދާއިރާ އާއި މާމެންދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނާއި ތ. ވަންދޫ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ. |
ހިރިޔާ ސްކޫލް |
2 |
2 |
ބައި-އިލެކްޝަން، އަތޮޅު-މާލެ-2 |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާ އާއި ބޭރުމަތި ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ. |
ހިރިޔާ ސްކޫލް |
3 |
3 |
ބައި-އިލެކްޝަން، އަތޮޅު-މާލެ-3 |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހިތަދޫ ކޮރޮވައު ދާއިރާއާއި މެދެވައު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ. |
ހިރިޔާ ސްކޫލް |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.