Election Commission of Maldives


ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

23 ޖޫން 2022, 12:00 އިއުލާން

(IUL)38-AD/38/2022/192 : ނަންބަރު

އިޢުލާނު

ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

      މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، ޑޮކިއުމަންޓްސް އާކައިވް ސޮފްޓްވެއަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

      ބީލަން ހުޅުވުން އޮންނާނީ 2022 ޖުލައި 05 ވާ އަންގާރަ ދުވަހުގެ 14:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

      ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 ޖުލައި 04 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު
ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

23 ޖޫން 2022