Election Commission of Maldives


ޢާއްމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މި ކޮމިޝަނުން ދީފައިވާ ހުއްދަ ބާޠިލްކުރުން

22 ޖޫން 2022, 12:00 އިއުލާން

(IUL)38-AA/38/2022/186 : ނަންބަރު         

އިޢުލާން

      ޢާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން 3،000 (ތިންހާސް) މީހުންގެ ސޮއި ހޯދުމަށާއި، ޕާޓީ އުފެއްދުމަށް ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދެވުމަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ރިޢާޔަތްކޮށް  ކޮމިޝަނުން އިތުރު ކޮށްދިން މުއްދަތު ހަމަވިއިރު، އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާތީ، ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދަ ބާޠިލް ކުރުމަށްޓަކައި ކޮމިޝަނުން ޕާޓީ އުފެއްދުމަށް އެދިފައިވާ ފަރާތް ކަމަށްވާ ސ.ހިތަދޫ/ ކަނަންދޫގެ، އަޙްމަދު ސަޢީދަށް އެކަން އެންގުމަށް ކުރިމަސައްކަތުން އެފަރާތާ މުޢާމަލާތް ކުރެވިފައިނުވާތީ، ޢާއްމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މި ކޮމިޝަނުން ދީފައިވާ ހުއްދަ ބާޠިލްކޮށްފީމެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނު ކުރީމެވެ.

22 ޖޫން 2022